About US

ޑިމޮކްރެޓިކް ޤައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުން

ގިނަ ޕާޓީތައް ވާދަކުރާ، މިނިވަން، އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަށް ބާރުއެޅުމާ، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ޝަރުޢީ ނިޒާމުގެ މިނިވަންކަން ގާއިމު ކުރުމަށް ގައުމީ އިއްތިހާދުން މަސައްކަތް ކުރާނެއެވެ. ހަމައެހެންމެ ޑިމޮކްރަސީގެ މުއައްސަސާތަކަށް ހުރުމަތްތެރިކޮށް ހިތުމާއިއެކު މުޅިގައުމުގެ ލާބަޔަށްޓަކައި އެހެން ޕާޓީތަކާއިއެކު މަސައްކަތް ކުރާނަމެވެ. އަދި ޑިމޮކްރެސީއަށް ރައްޔިތުން ހޭލުންތެރިކުރުވައި މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތަކުތުގައި ބައިވެރިވެ އުޅުމުގެ މަގު ފުޅާ ކުރުމުގެ މަސައްކަތް މިޕާޓީން ކުރާނަމެވެ.