About US

ބޯހިޔާވަހި ކަން ފޯރުކޮށްދިނުން

ް ގެދޮރުގެ މައްސަލައަކީ ރައްޔަތުންނަށް ދިމާވެފައިވާ އެންމެ ސީރިއަސް އެއް މައްސަލައެވެ. ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ލަސްނުކޮށް ދާއިމީ ގެދޮރު ލިބިދިނުމަކީ އިސްކަންދޭންޖެހޭ ކަމެކެވެ. އަދި މާލެ އާއި މިނޫންވެސް ތޮއްޖެހިފައިވާ ރަށްރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށް ދިރިއުޅުމުގެ މާހައުލު ތަނަވަސް ކުރަން ޖެހެއެވެ. މީގެ އިތުރުން ރަށް ގިރުމުގެ ސަބަބުން ގެދޮރު ހަލާކުވެ ދިއުމުގެ ބިރު ހީވެފައިވާ ފަރާތްތައްވެސް ފާހަގަ ކުރަންޖެހެއެވެ. ކޮންމެ މީހަކަށްވެސް، އެއީ އަމިއްލަ ތަނެއްގައި ކަމަށް ވިޔަސް އަދި ކުއްޔަށް ހިފައިގެންކަމުގައި ވިޔަސް ނުވަތަ ގަނެގެން ކަމުގައިވިޔަސް، އެކަށީގެންވާ ހިޔާވައްސެއްގައި ދިރިއުޅެވޭނެ ގޮތް ހޯދައި ދިނުމަކީ ސަރުކާރުގެ ޒިއްމާއެކެވެ. އަދި ފުދުންތެރިކަން ކުޑަ ޢާއިލާތަކަށް އެބަޔަކަށް ކެރިކުޅަދާނަ އަގެއްގައި ބޯހިޔާވަހިކަން ލިބޭނެގޮތްވެސް ހޯދައިދޭންޖެހޭނެއެވެ. މީގެ އިތުރުން، އަމިއްލައަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި ގެދޮރު ޢިމާރާތްކުރާ ފަރާތްތަކަށް ކުޑައަގެއްގައި ދިގުމުއްދަތުގައި އަދާކުރާގޮތަށް ލޯނު ލިބޭނެ ގޮތްތައްވެސް ހަމަޖެހިފައި ހުނަންނާނެއެވެ.