About US

މަސްތުވާތަކެތި އެތެރެކުރުމާ ބޭނުންކުރުން ހުއްޓުވުންް

ް ރާއްޖެއަކީ ހުރިހާ ބާވަތެއްގެ މަސްތުވާ ތަކެތިން މިންޖުވެފައިވާ ރައްޔިތެއްތިބި ގައުމަކަށް ހެދުމަށް ގައުމީ އިއްތިހާދު މަސައްކަތް ކުރާނެއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން މުޅިން ހުއްޓުވައި ލުމަށްޓަކައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގެ ދޮރުތައް ބަންދުކުރާނަމެވެ. ޙާއްޞަކޮށް އިންޓެލިޖަންސް ހަރުދަނާ ކުރުމަށްޓަކައި މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކުރުމާއި އަދި މިކަމަށް ހަރުދަނާ ނިޒާމްތަކަކާއި އެކަށީގެންވާ ގަވައިދުތަކަކާއި އުޞޫލު ތަކެއް ތަޢާރަފްކުރާނަމެވެ. މީގެ އިތުރުން މަސްތުވާތަކެތި ބެނުން ކުރާމީހުންނާ ކުދިން އެކަމުން ސަލާމަތްވެ މުޖްތަމަޢަށް އެނބުރި ގެނައުމަށްޓަކައި ރަނގަޅު ނަތީޖާތަކެއް ގެނެވޭފަދަ ދުނިޔެ ގަބޫލުކުރާފެންވަރުގެ ޕްރޮގްރާމްތަކެއް ރާވައިހިންގާނަމެވެ. އަދި އެއާއިއެކު މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާފަރާތްތަކާ އޭގެ ވިޔަފާރި ކުރާފަރާތްތަކަށް ގާނޫނޫނުގައިވާ އެންމެމަތީ އަދަބެއްދެވޭނެއެވެ. ކުށްކުރުން މަދުކުރުމަށާއި، ޑްރަގު ބޭނުންކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާއި ކުށްކުރާ މީހުން އިޞްލާޙުކުރެވޭނެ ގޮތްތައް ރާވައި ހިންގާނަމެވެ.