| English Site |
ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން
ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި އެހެނިހެން އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ލިބިދިނުމަކީ ގައުމީ އިއްތިހާދުގެ ލަނޑުދަނޑިއެކެވެ. ދެމެހެއްޓެނިވި ވިޔަފާރިއާ ތަރައްޤީއަށް މަގުފަހިވާފަދަ ގޮތެއްގައި އާބާދީތައް ހަމަޖެއްސުމާ، އެބަޔަކު ދިރިއުޅޭ އަތޮޅެއްގައި ތިބެގެން އުފެއްދުންތެރި މަސައްކަތް ކުރެވޭނެ ގޮތްތަކާއި އާމްދަނީ ހޯދޭފަދަ ފުރުޞަތުތައް ތަނަވަސްކުރުމާއެކު، އިޤްތިޞާދީ ތަނަވަސްކަމުގެ ހިއްސާ އިންސާފުވެރިގޮތެއްގައި އެންމެނަށް ލިބެމުންދާނެގޮތް ހެދުމާ، އަދި އަމިއްލައަށް އާމްދަނީ ނުހޯދޭވަރުގެ ނިކަމެތިންނަށް ގަދަރުވެރިކަމާއެކު ދިރިއުޅުމުގެ ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރާނަމެވެ.

