އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާ

ސިޔާސީ ޕާޓީއެއްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކީ ސިޔާސީ ޙަރަކާތްތަކުގައި (އާއްމުކޮށް މިފެންނަ ދަރަޖައަށް) ބައިވެރިވާންޖެހޭ ބައެއް ނޫނެވެ. ޕާޓީ އަކުން ރަނގަޅު މަސައްކަތް ތަކެއް ކުރާނަމަ، އެކަމަކަށް އެހީވެވެން އޮތްގޮތަކަށް އެހީތެރިވެ، ހިތްވަރުދީ، ބާރުދީ، ފޯރިދިނުން ފަދަ ކަންކަމަކީވެސް ވަރަށް މުހިންމު ކަންކަމެވެ. ޕާޓީއެއްގެ ގިނަ މެންބަރުންނަކީ މިފަދަ ގޮތަކަށް ބައިވެރިވާ މީހުންނެވެ. އެފަދަ ވާގިވެރިންގެ ވިސްނުމާއި އެއްގޮތައް ސިޔާސީ ހަރަކާތްތަށް ހީވާގިކަމާއެކު ރާވައި ހިންގަން އުޅޭނީ އެކަމަށް ޝައުގުހުރި (މަދު) ބައެކެވެ.

މިގޮތުން،  ޕާޓީގެ  މަޤުޞަދުތައް ހާސިލު ކުރުމަށް ރޭވޭ މަސައްކަތްތަކުގެ ކާމިޔާބުގެ ސިއްރަކަށް ވާނީ ހަމަ ތިޔައެންމެހާ ބޭފުޅުން ކުރައްވާ ތާއީދެވެ.  ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ މަސައްކަތް މިހާހިސާބަށް ގެންދެވިފައިމިވަނީ ވަރަށްގިނަ ބައެއްގެ ތާއީދާއި އެއްބާރުލުން  ލިބިގެންނެވެ.

އަޅުގަނޑުމެން އުންމީދުކުރަނީ ތިޔައެންމެހާބޭފުޅުން މި ފުރުސަތުގެ ފުރިހަމ ބޭނުން ހިއްޕަވައި، އަޅުގަނޑުމެނާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނޫނީ އަޅުގަނޑުމެނަށް ވާގިވެރިވާނެކަމަށެވެ.

ދިވެހިރާއްޖެއަށް އަދި އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް  ހޯދައިދިނުމަށް މިކުރެވޭ މަސައްކަތްތަކުގައި  އަޅުގަނޑުމެން އަބަދުވެސް ރައްޔިތުންނާއެކުގައި ތިބޭނަމެވެ. ތިޔަބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވެއްޖެ ނަމެ، ﷲގެއިރާދަފުޅާއެކު އަޅުގަނޑުމެން އެންމެންގެ މަޤުޞަދުތައް ފަސޭހައިން ޙާޞިލުވާނެ ކަން ޔަގީނެވެ.

ގައުމީ އިއްތިހާދަށް ތާއީދު ކުރައްވާށެވެ!. ގައުމީ އިއްތިހާދާ ގުޅިވަޑައިގަންނަވާށެވެ!