
-
-
-
-
-
- އިސްލާމީ އުސޫލްތަކާއި ދިވެހި އާދަކާދައަށް އިސްކަންދީގެން ދިވެހި ވަންތަކަން ދިރުވާ ދެމެހެއްޓުން.
- ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކޮށްގެން، ރައްޔިތުންނަށް ޖަވާބުދާރީވާ، ދިވެހިންގެ ކުރިއެރުމާއި ރައްކާތެރި ކަމަށް އިސްކަންދޭ ސަރުކާރެއް ޤާއިމްކޮށް ހިންގުން.
- މަދަނީ ދާއިރާތައް ތަރައްޤީކޮށް ހަރުދަނާކޮށްގެންނާއި ބޭނުންވާ ޤަވާޢިދާއި ޤާނޫނުތައް ތަންފީޒުކޮށްގެން، އިންސާފުވެރި، ހަމަހަމަ، އަމާން މުޖުތަމައެއް ގާއިމުކުރުން.
- ފެންވަރު ރަގަޅު ސިއްހީ ފަރުވާއާއި ތައުލީމާއި ހިޔާވަހިކަން ފަދަ އިޖުތިމާޢީ އެހީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބިދީގެން އިންސާނީ ވަޞީލަތް ތަރައްޤީކުރުން.
- އިންވެސްޓްމެންޓާ ބެހޭ އަރުތަވެރި ސިޔާސަތުތަކާއި ވިޔަފާރީގެ ހަރުދަނާ ނިޒާމުތައް ގާއިމުކޮށްގެން، ގައުމުގެ އިގްތިސާދު ތަރައްގީކޮށް ދެމެހެއްޓުން.
- ޒުވާނުންގެ ކުރި އެރުމުގައި ހުރި ގޮންޖެހުންތައް ނައްތައި އެމީހުނަށް ހަމަހަމަ ފުރުސަތެއް ހޯދައިދީގެން ރަގަޅު މުސްތަގްބަލެއް ގާއިމު ކުރުމަށް މަސައްކަތް ކުރުން.
- ތިމާވެށި ރައްކާތެރިކުރުމާއި މަދަނީ އެކިއެކި މަސަތްކަތުގައި ވެއްޓަށް އަންނަ ބަދަލު ވީހާވެސް ކުޑަ ވާނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމާއި އިޔާދދަކުރުވަނިވި ހަކަތައިގެ ބޭނުންކުރުމަށް އިސްކަންދިނުމާއި ވެއްޓަށް ގެއްލުންހުރި ތަކެތި ބޭނުން ކުރުން މަދުކޮށް ތިމާވެށި ހިމާޔާތް ކުރެވިފައިވާ ސަރަހައްދު ތަކެއް ގާއިމް ކޮށްގެން ގައުމުގެ ޤުދުރަތީ ވަޞީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުން.
- ޕާޓީގެ މެންބަރުންނާއި، ޕާޓީ ކުރި އެރުވުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރުން.