| English Site |
މީހުން ބިނާކުރުން
ްތަޢުލީމީ މަރުޙަލާތަކުން ނިމޭ ޒުވާނުންނަކީ ކުރިއަރަމުންދާ ދިވެހި މުޖުތަމަޢުގައި ކާމިޔާބުކަމާއެކު ހިއްސާވުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި އިސްލާމީ ތަރުބިއްޔަތާއި ރިވެތި އަޚުލާޤާއި މަސައްކަތުގެ ސުލޫކު ލިބިދެވިފައިވާ ބަޔަކަށް ހެދުމަށްޓަކައި މަންޙަޖުތަކަށާއި ތަޢުލީމީ ނިޒާމަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނެސްގެން 10 އަހަރުގެ ފެންވަރު ރަނގަޅު ތަޢުލީމެއް ހިލޭ ލިބިދިނުމާއި މަތީތަޢުލީމަށް ބޭނުންވާ، އެކަމުގެ ފެންވަރުހުރި ފަރާތްތަކަށް އެފުރުޞަތު ހޯދައިދޭނަމެވެ. ތަޢުލީމުދިނުމުގައި ގައުމުގެ އިގްތިސާދަށް އަންނަބަދަލު ތަކަށްވިސްނައި އުފެދޭނޭކަމަށް ލަފާކުރެވޭ ވަޒީފާތަކާ ގުޅޭ ތައުލީމާ ތަމްރީނު ކިޔަވާކުދިންނަށް ލިބޭނެއެވެ. އަދި ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގެ މައްޗަށް މައިންބަފައިންގެ ހޭލުންތެރިކަން އިތުރުކުރުމާއެކު މައިންބަފައިންގެ އުއްމީދުތަކާ އެއްގޮތަށް ތަޢުލީމީ ނިޒާމު ކުރިއަރުވަމުން ގެންދާނަމެވެ.

