About US

ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން

ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް އަވަސްކަމާއެކު ލުއި ފަސޭހަ ގޮތެއްގައި އެ ހިދުމަތްތައް ލިބޭނެ ގޮތްތައް ހަމަޖައްސައި ބޭސްފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރެވޭނެފަދަ ގޮތަކަށް ރާއްޖެއިން ދެވޭ ސިއްހީ ހިދުމަތުގެ ކުރިމަގު ރޭވުމަށް މިޕާޓީން ސަމާލުކަން ދޭނަމެވެ. އަދި 'އިޖުތިމާޢީ ރައްކާތެރިކަން' ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއްގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި ނިކަމެތިންނަށް ބޭސްފަރުވާ ހިލޭ ލިބޭނެގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނަމެވެ. މީގެ އިތުރުން ރާއްޖޭގައި ލިބެން ހުންނަ ސިއްހީ ހިދުމަތްތަކާއި މެދު ރައްޔަތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ފަރުވާކުރުމުގެ އަޚްލާގީ މިންގަނޑުތަކާއި ބޭސްފަރުވާގެ މިންގަނޑުތައް ބައިނަލްއަގްވާމީ މިންގަޑުތަކާ އެއްގޮތަށް ކަނޑައަޅައި ފަރުވާދޭ ފަރާތްތަކާ ފަރުވާ ލިބިގަންނަ ފަރާތަކާދެމެދު ހާމަގޮތެއްގައި މަޢުލޫމާތު ބަދަލުކޮށް ގުޅުން ބަދަހިކުރުމަށް ބާރުއަޅާނެމެވެ.