About US

:އަޅުގަނޑުމެން ހިފަހައްޓާނެ އުޞޫލުތަކަކީ

  1. ޕާޓީގެ މެންބަރުންނަކީ މުޖުތަމަޢުގައި އަގު ހިފެހެއްޓިފައިވާ ބައެއް ކަމުގައި ވުން.
  2. ޕާޓީގެ ހަރަކާތްތަކާއި ކުރާ ކަންކަމުގައި ހާމަކަން ބޭއްވުން:

(ހ) ގައުމީ އިއްތިހާދުގެ މެންބަރަކު ޕާޓީގެ މަގާމަކަށް ނުވަތަ ޕާޓީގެ ފަރާތުން މަގާމަކަށް ވާދަކުރާނަމަ އެކަމަށްޓަކައި ކެމްޕޭން ކުރުމަށް ފައިސާ ހޯދިގޮތާއި އެފައިސާ ޚަރަދުކުރިގޮތުގެ ތަފުސީލު އިންތިޚާބާބެހޭ ކަންކަން ބަލަހައްޓާ ކޮމިޓީއަށް ހާމަ ކުރުން.
(ށ) ޕާޓީގެ މުދަލާއި ފައިސާގެ ހިސާބުކިތާބު މެންބަރުންނަށް ބެލޭނެ ގޮތަކަށް ހަމަޖެހިފައި އޮތުން   
(ނ) ޕާޓީން ހިންގާ ކަންކަން މެންބަރުންނަށް ހާމަކުރުން.  

  1. އިސްލާމް ދީނާއި ޤާނޫނާއި ދިވެހިންގެ ރީތި އާދަކާދައަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ޖަމާޢަތުގައި އެކަންކަމަށް މަސައްކަތް ކުރުން. 
  2. އިންސާފާއި ހަމަހަމަކަމާއި ޞުލްޙަ މަސަލަސްކަމަށް ލޯބިކުރުމާއެކު އެކަންކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  3. ބިނާކުރަނިވި ފާޑުކިއުމަށް ތަރުޙީބު ދިނުން.
  4. ޕާޓީގެ މެންބަރުންގެ ޚިޔާލާއެއްގޮތަށް ޕާޓީގެ ސިޔާސަތުތަކާޢި ޙަރަކާތްތައް ރޭވުން.
  5. ޖަމާޢަތުގެ ފައިދާއަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ފަސްނުޖެހި ކުރިމަތިލުން.
  6. ޕާޓީން ކުރާ ކަންކަމުގައި އިޤުތިޞާދުކުރުން.
  7. ޕާޓީގެ މަޤްޞަދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އެހެނިހެން ޖަމާޢަތްތަކުން ހިންގާ ކަންކަމަށް ހިތްވަރުދީ އެ ކަންކަމުގައި  ބައިވެރިވުން.