| ޕްރިންޓު ކުރޭ |
ލީޑަރުން

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލި މީހުންގެ ތެރެއިން މީހެކެވެ. އެދުވަސްވަރު ޑރ. ވަހީދަކީ ރައްޔަތުންގެ މަޖިލީހުގެ ގޮނޑިއަކަށް އެންމެ މަތީ އަޢްލަބިއްޔަތަކުން ހޮވުނު މީހާއެވެ. މީގެ އިތުރުން ޔުނިސެފްގެ އެންމެ މަތީ ވަޒީފާގައިވެސް މަސައްކަތް ކޮށްފައި ވެއެވެ.
ބަންގްލާދޭޝް، ޓެންޒޭނިއާގައި މަސައްކަތް ކުރެއްވިއެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ޔަމަން، އަފްޢާނިސްތާން، މެސެޑޯނިއާ، މޮންޓިނީގްރޯ އަދި ތުރުކްމަނިސްތާނުގައި ހުންނަވާ ޔުނިސެޕްގެ ރެޕްރެސެންޓޭޓިވް އެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ޔޫއެންގެ ޑެވެލޮޕްމެންޓް ގްރޫޕްގެ އަދި އަފްޢާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީގެ އެޑްވައިޒަރަކަށްވެސް ހުންނެވިއެވެ.

ޑރ. މުޞްޠަފާ ލުޠްފީ މަޖީދިއްޔާ ސްކޫލުން 5791 ގައި ނިމިގެން މަސައްކަތް ފެއްޓެވީ ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ހޯއްދެވުމަށެވެ. އިންޑިޔާގެ މައިސޯރުގެ މޮރޭހައުސް ކޮލެޖް އޮފް އޑިޔުކޭޝަނުން ޓީޗަރ ޓްރެއިނިން ހެއްދެވުމަށްފަހު ޔޫކޭގެ މޮރޭހައުސް ކޮލެޖް އޮފް އެޑިޔުކޭޝަނުން ޑިޕްލޮމާ ހެއްދެވިއެވެ. އޭގެ ފަހުން ޔޫކޭގެ ޔުނިވަރސިޓީ އޮފް ބަރމިންހަން އިން މާށްޓަރސް ޑިގްރީ ޙާޞިލުކުރެއްވުމަށްފަހު ޕީ. އެޗެޑީ ހެއްދެވީ އޮސްޓްރޭލިޔާގެ ލަޓްރޯބް ޔުނިވަރސިޓީގައެވެ. މުސްޠަފާގެ ޚާއްޞަ އޭރިޔާއަކީ ގްލޯބަލއިޒޭޝަންގެ ދުވަސްވަރެއްގައި ދިވެހިރާޢްޖެ ފަދަ ކުދި ޤއުމުތަކަން ބޭނުންވާނެ ސްކޫލް މަންހަޖެވެ.
ޑރ. މުސްޠަފާ 5791 އިން 5002 އާ ދެމެދު އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި ސްކޫލް ޓީޗަރުކަން، ހެޑްމާސްޓަރުކަން، ޓީޗަރ އެޑިޔުކޭޓަރުކަން، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޑިރެކްޓަރުކަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ އެގްޒެކަޓިވް ޑިރެކްޓަރުކަން، އަދި ފުވައްމުލަކުގެ އަތޮޅުވެރިކަން ހިމެނެއެވެ. އެންމެ ފަހުން މުސްޠަފާ އަދާކުރެއްވި ވަޒީފާއަކީ ޓޫރިޒަމް މިނިސްޓަރުކަމެވެ. މުސްޠަފާ އަމިއްލައަށް ސަރުކާރުގެ ވަޒީފާ ދޫކޮށްލެއްވީ 5002 ވަނަ އަހަރުއެވެ.
ސަރުކާރުގައި 32 އަހަރު ދުވަހު މސައްކަތްކުރެއްވުމަށްފަހު މިހާރު މުޞްޠަފާ މަސައްކަތްކުރައްވަނީ އޭނާގެ ކޮއްކޮއާއެކު އަމިއްލަ ކުންފުންޏެއްގައެވެ. މުޞްޠަފާއަކީ ލިއުންތެރިއެކެވެ. އޭނާގެ ލިއުއްވަނީ އިޖުތިމާޢީ ސިޔާސީ ކަންކަމުގެ މައްޗަށެވެ. އެންމެ ފަހުން އޭނާ ޝާއިޢުކުރެއްވި ވާހަކަތަކަށް މީހުންގެ ޝައުޤުވެރިކަން ދެވުނެވެ.
މުޞްތަފާއަކީ އަމާންކަމާއި ފާގަތިކަމާޢި މިނިވަންކަން ދިވެހިންނަށް ހޯދައިދިނުމުގެ މަތިވަރި މަޤުޞަދުގައި ގައުމީ އިއްތިހާދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި މަސައްކަތްކުރާ ޓީމުގެ ޑެޕިއުޓީ ލީޑަރެވެ. މުޞްޠަފާ ދެކިވަޑައިގަންނަވަން ބޭނުންވަނީ ހަމަހަމަކަމާއި އިންސާފު ޤާއިމުކުރެވިފައިވާ ރާއްޖެއެކެވެ.
More content will be added at a later date. Thank you for your patience
More content will be added at a later date. Thank you for your patience
More content will be added at a later date. Thank you for your patience
More content will be added at a later date. Thank you for your patience
More content will be added at a later date. Thank you for your patience