About US

މެންބަރަކަށްވުމުން ލިބިދެވޭ ޙައްޤުތަކަކީ

- ޕާޓީގެ މަގާމުތަކަށް ކުރިމަތިލުން
- ޕާޓީއާ ގުޅޭ އިޖުތިމާޢީ، ސިޔާސީ އަދި އިޤުތިޞާދީ ކަންކަމުގައި ބައިވެރިވުމުގެ އިސްކަން ލިބުން. ޕާޓީގެ ކަންކަމުގައި މިނިވަންކަމާއެކު ވޯޓު ދިނުމުގެ ފުރުޞަތު އޮތުން.
- ޕާޓީގެ ކަންކަމާ މެދު ޚިޔާލުފާޅުކޮށް ޕާޓީގެ ކުރިމަގު ބައްޓަން ކުރުމުގައި ބައިވެރިވެވުން.
- ޕާޓީން ހިނގާ ކަންތައްތަކުގެ މައުލޫމާތު ލިބުމުގެ ފުރުޞަތު އޮތުން.
- ޕާޓީން ހިންގާ ޙަރަކާތެއްގައި އުޅެނިކޮށް ލިބޭގެއްލުމުގައި ފާޓީގެ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ޕާޓީއިން އެހީތެރިކަން ލިބުން.
- ޕާޓީގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ޕާޓީ ކުރިއަރުވައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތްކުރެވުން.
- ޕާޓީގެ ތެރެއިން ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ ޕާޓީގެ ތެރޭގައި އޮންނަ 'މައްސަލަތައް ބަލާ ކޮމިޓީ' އަށް ހުށައެޅުމުގެ ފުރުޞަތު އޮތުން.
- ޕާޓީގެ ބޭނުމަށް ދީފައިވާ ޒާތީ މަޢުލޫމާތާއި ޕާޓީގައި ހިނގާ ކަމަކާ ގުޅިގެން ކުރެވޭ ތަޙުޤީޤެއްގެ މަޢުލޫމާތު ސިއްރުވެފައިވުން.
- ބޭނުންވެއްޖެ ހިނދެއްގައި ޕާޓީން ވަކިވެވުން.