About US

ތަރައްޤީގެ ސިޔާސަތު

ް

ޤައުމީ ތަރައްޤީގައި ގައުމީ އިއްތިހާދުގެ ސިޔާސަތަކީ އިންސާނުންނާއި މާއްދީ ވެށީގެ ތަރައްޤީގައި ހަމަ ހަމަ ފުރުޞަތުތަކެއް އެންމެނަށް ލިބިދިނުމެވެ. ދިވެހި ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކުރެވޭއިރު، ފަޤީރުންނާއި ނިކަމެތީންނަށް ކުރިމަތިވެދާނެ ދަތިތަކަކުން ސަލާމަތްކުރުމަށް ބޭނުންވާނެ ސިޔާސަތުތައް ކަނޑައަޅައި އަމަލުކުރަން ޖެހެއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ދިވެހިރާޢްޖޭގެ އާމްދަނީއަށް އައިސްފައިވާ ކުރިއެރުމުގެ ފައިދާ ރަނގަޅުގޮތުގައި ގިނަ ރައްޔިތުންނަށް ބެހެވިގެން ގޮސްފައެއް ނުވެއެވެ. ކަން އެހެން އޮތް އިރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުގެ ލިސްޓުން ރާއްޖެ އުނިވުމުން ރާއްޖޭގެ ތަރައްޤީއަށާއި ތަޢުލީމާއި ޞިއްޙަތު ފަދަ އިޖުތިމާޢީ ޚިދުމަތްތަކަށް ލިބެމުންދާ ބޭރުގެ އެހީ އުނި ވެގެން ދާނެއެވެ. އެންމެ ކުޑަކޮށް ތަރައްޤިވެފައިވާ ޤައުމުގެ ލިސްޓުން ރާއްޖެ އުނިކުރެވުމުން ރާއްޖޭގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ޖެހޭނެއެވެ. ތަރައްޤީގެ އައު ސިޔާސަތުގެ މަޤުޞަދު ތަކެއް ކަމުގައި ވާނީ:

- ހަމަހަމަކަން ކުޑަ ތަރައްޤިގެ ސިޔާސަތުގެ ސަބަބުން މާލެއާ އަތޮޅުތަކުގެ މެދުގައި އުފެދިފައިވާ ތަފާތުތައް ކުޑަކޮށް ރައްޔިތުން ފަޤީރުކަމުން ސަލާމަތް ކުރުން
- ރައްޔިތުންނަށް ފެންވަރުރަނގަޅު އިޖުތިމާޢީ ޚިދުމަތް ދެވޭކަން ކަށަވަރުކުރުން
- ވަޒީފާގެ ފުރުޞަތު އިތުރުކޮށްގެންނާއި ވަޒީފާތަކުގެ މުސާރަ އިތުރުކޮށްގެން ފަޤީރުކަން ކުޑަކުރުން
- ޤައުމުގެ އާމްދަނީ އިތުރުކުރުން