| ޕްރިންޓު ކުރޭ |
ތަޢުލީމީ ސިޔާސަތު
ް
ޤައުމެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ގައުމެއްގެ މީހުންނެވެ. ގައުމީ އިއްތިހާދު ދެކޭގޮތުގައި ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމެއްގެ އެންމެ ކުއްޖަކުވެސް އެއްޗަކަށްނުވެ ބާކީވެގެން ގޮސްގެންނުވާނެއެވެ. މި ޕާޓީގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑަކީ ކުރިއަރަމުންދާ ދިވެހިރާއްޖޭގައާއި ދުނިޔޭގައި ކާމިޔާބުކަމާޢެކު ދިރިއުޅުމަކަށްޓަކައި ބޭނުންވާނެ ޢިލްމާއި ޢިގްތިޞާދީ އަދި އިޖުތިމާޢީ އަދި ޑިމޮކްރެޓިކް ހުނަރާއި އިސްލާމީ ރިވެތި ސިފަތައް ލިބިދިނުމަށްޓަކައި ބާރަ އަހަރުދުވަހުގެ ތަޢުލީމެއް ކޮންމެ ކުއްޖަކަށް ހިލޭ ލިބިދިނުމެވެ. ބެލެނިވެރިންނާއި އަމިއްލަ ޖަމުޢިއްޔާތަކާގުޅިގެން، އެފަދަ ތަޢުލީމީ ޙަޔާތެއް ފެއްޓުމަށްޓަކައި ކުދިންނަށް ބޭނުންވާނެ އިޖުތިމާއީ، ނަފުސާނީ އަދި ބަހުގެ ހުނަރުތަކާއި ސިފަތައް ތުއްތުކުދިންނަށް ލިބިދިނުމެވެ. ދިވެހިރާޢްޖޭގެ ކުރިއެރުމަށާއި އިގްތިސާދަށް ބޭނުންވާ ޢިލްމުތަކަށާއި ހުނަރުތަކަށް އިސްކަންދީގެން ގައުމަށް ފުދޭ މިންވަރަށް މަތިތަޢުލީމުގެ ފުރުސަތުތައް ތަނަވަސްކޮށް ހިންގޭކަން ކަށަވަރުކުރުމެވެ.
މިފަދަ ތަޢުލީމެއް ލިބިދިނުމަށްޓަކައި މަންހަޖަށް ގެންނަށްޖެހޭ ބަދަލުތައް ގެނެވޭނެއެވެ. ސްކޫލުތަކުގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރެވޭނެއެވެ. އައު ޒަމާނަކަށް ބޭނުންވާ ތަޢުޅީމީ ނިޒާމެއް ޤާއިމުކޮށް ހިންގުމުގައި ތަޢުލީމީ ޤާނޫނެއްގެ ޙިމާޔަތް ލިބިފައިވާން ވާނެއެވެ. ތަޢުލީމަކީ ދިވެހިރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ހޭދަވާ ޙަރަކާތެއް ކަމަށްވުމާއެކު އޭގެ ފުރިހަމަ ފައިދާ ލިބެވޭނެ ގޮތެއްގައި އެކަންކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ތަޢުލީމީ ކަންކަން ހިނގާނުހިނގާގޮތް ބަލާނެ ޤާނޫނީ ޙައިސިއްޔަތެއް ލިބިފައިވާ މިނިވަން މުއައްސަސާއެއް ތައުލީމީ ޤާނޫނުގެ ދަށުން އުފެއްދޭނެއެވެ.