| ޕްރިންޓު ކުރޭ |
ޢާއިލީ ސިޔާސަތު
ް
ގައުމީ އިއްތިހާދު ގަބޫލުކުރާގޮތުގައި ގައުމުގެ ކުރިއެރުން ބިނާވާނީ ވަކިވަކި އާއިލާތަކުގެ ކުރިއެރުމުގެ މައްޗަށެވެ. އާއިލާތައް ތަރައްގީ ވާނީ އާއިލާތަކުގެ މެންބަރުންނަށް އެކުގައި ދިރިއުޅެވިގެންނެވެ. ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި ޖިސްމާނީ އަދި ނަފުސާނީ ކުރިއެރުން ލިބިދެވޭނީ، އަދި ދިވެހީންގެ ރީތި އާދަކާދަތައް ކުދިންނަށް ރައްދުކުރެވޭނީ މަންމަޔާއި ބައްޕައަށް ކުދިންނާއެކު ދިރިއުޅެވިގެންނެވެ. އެހެންކަމުން، ޢާއިލާގެ މެންބަރުން ވަޒީފާ ހޯދުމަށާއި ތަޢުލީމު ހޯދުންފަދަ ބޭނުންތަކުގައި އެކަކު އަނެކަކާ ވަކީ ން ދިގުމުއްދަތަކަށް އުޅެން ނުޖެހޭގޮތަށާއި އާޢިލީ ގުޅުންތަކަށް މަގުފަހިވާނެ ގޮތަށް އިޖުތިމާޢީ އަދި އިޤުތިސާދީ ކަންކަން ރޭވުމަކީ ގައުމީ އިއްތިހާދުން އިސްކަން ދޭނެ ކަމެކެވެ. ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނީ 'އާއިލާ' ހިތުގައި ބާއްވައިގެންނެވެ. މީގެ އިރުރުން، އަލަށް މައިންބަފައިންނަށް ވާން ބޭނުންވާ މީހުންނަށް އެކަމުގެ ތަމްރީނާއި އާއިލީ އަދި ކުދިންގެ ކައުންސެލިން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެއެވެ.