| ޕްރިންޓު ކުރޭ |
ޚާރިޖީ ސިޔާސަތު
ް
ބޭރާބެހޭ ސިޔާސަތުތައް މައިގަނޑުގޮތެއްގައި ބިނާވާނީ ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކަށެވެ. ސަރަހަޢްދީ އަދި ބައިނަލް އަޤުވާމީ ގުޅުންތަކަށް އިސްކަންދޭ ހުރިހާ ކަމަކަށް ރާޢްޖެއިން ތަރުޙީބުދީ ވީވަރަކުން އެކަންކަމުގައި ބައިވެރިވާނެއެވެ. ހުރިހާ ޤައުމަކާއެކުވެސް ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް ވިޔަފާރިއާއި ސަޤާފަތް ކުރިއެރުވުމުގެ އިތުރު ފުރުޞަތުތަކަށް މަގުފަހިކުރުމަށް މަސައްކަތްކުރެވޭނެއެވެ. ދިވެހިރާއްޖެއާއެކު ވިޔަފާރިއާޢި ސަޤާފީ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރާ ޤައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް އިތުރަށް މަސައްކަތް ކުރާނެއެވެ. ސަރަޙައްދީ ގުޅުންތަކުގައި ސާކުޤައުމުތަކާއި އާސިޔާން ޤައުމުތަކާއެކު ގާތް ގުޅުމެއް ބާއްވާނެއެވެ. ދެ ޤައުމުދެމެދުގައި ހިނގާ މައްސަލަތަކުގައި، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހި ރާއްޖެ ވަކިއަތަކަށް ބުރައެއް ނުވާނެއެވެ. އެފަދަ ކަންކަމުގައި ރާއްޖެއިން އަބަދުވެސް ތަރުޙީބުދޭނީ ބައިނަލް އަޤުވާމީ ޤާނޫނުތަކަށެވެ.