GaumeeItthihaad.org

Join Us!

  • އަޅުގަނޑުމެން
    • ތަސައްވުރު
    • ލީޑަރުން
    • އުސޫލުތައް
    • މެންބަރުންގެ ހައްގުތައް
    • އިސްކަންދޭނީ
  • ސިޔާސަތުތައް
    • ތަރައްގީ
    • އިގްތިޞާދު
    • ބޯހިޔާވަހިކަން
    • ތަޢުލީމީ
    • ސިއްހީ
    • ޑްރަގް
    • ޢާއިލީ
    • ތިމާވެށި
    • ޙާރިޖީ
    • އެހެނިހެން
  • ފޯރަމް
  • ފޮޓޯމާލަން
    • އަތޮޅުތެރެއިން
    • ނޫސްވެރިންނާ ބައްދަލުކުރުން
  • ޕްރެސްރޫމް
    • ޚަބަރު
    • ވީޑީއޯ
    • ނޫސްބަޔާން
    • މީޑިޔާގެ ވަސީލަތްތައް
  • ލިންކުތައް
  • ގުޅުއްވަވާ
About US
ޕްރިންޓު ކުރޭ
English Site
  • ތަރައްގީގެ
  • އިގްތިޞާދު
  • ބޯހިޔާވަހިކަން
  • ތަޢުލީމ
  • ސިއްހީ
  • ޑްރަގް
  • ޢާއިލީ
  • ތަމާވެށި
  • ޙާރިޖީ
  • އެހެނިހެން
 

:ސިއްޙީ ސިޔާސަތު ގެ މައިގަނޑުތަކަކީ

ީ

ް

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރައްޔަތުން އެންމެ އެދޭގޮތަށް ކުރިއަރާފައި ނުވާކަންއެއީ ހާމަކަން ބޮޑުގޮތަކަށް ފެންނަން އޮތްކަމެކެވެ. ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމުގެ އިތުރުން، ލިބޭ ޙިދުމަތްތައް ފުޅާކުރަންވެސް މިވަނީ ޖެހިފައެވެ. މީގެ އިތުރުން، ލުއިފަސޭހަ ކަމާއެކު ޞިއްޙީ ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކަށް ލިބޭނެ ގޮތްތައްވެސް ވަނީ ހަމަޖައްސަން ޖެހިފައެވެ. ޢާއްމުންގެ ފުދުންތެރިކަމާ އެކަށީގެން ނުވާވަރަށް ބޭސްފަރުވާގެ އަގު ވެސް މިވަނީ ބޮޑުވެފައެވެ. މިކަންކަން ހައްލު ކުރުމަށް ގައުމީ އިއްތިހާދުން އިސްކަން ދޭނެއެވެ.
ޞިއްޙަތާބެހޭ ކަންކަން ކުރިއެރުވުމަށް ހަރަކާތްތެރިވާ މީހުން ގިނަކުރުމުގެ ގޮތުން، އެން.ޖީ.އޯ ތަކަށް ހިއްވަރުދީ މިހާރަށްވުރެން ބޮޑަށް އެބައިމީހުންގެ ރޯލު ފުޅާކުރެވޭނެއެވެ. މީގެ އިތުރުން، ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ މަންހަޖުތައް ތަރައްޤީކޮށް ފުޅާކުރުމުން ޞިއްޙީ ދާއިރާއިން ކުރިއަށްދިއުމަށް ގިނަ ދަރިވަރުންތަކެއް ޝައުގުވެރިވާނެއެވެ.
މީގެ އިތުރުން، ޚާއްޞަ އެހީ އަށް ބޭނުންވާމީހުނަށާއި ނިކަމެތިނަށް ހިލޭބޭސް ފަރުވާ ހަމަޖައްސައިދެވޭނެ ގޮތްތަކެއް އިޖުތިމާއީ ރައްކާތެރިކަމުގެ އުޞޫލުތަކެއްގެ ތެރެއިން މިވަނީ ހަމަޖައްސަން ޖެހިފައެވެ.
މުޅި މުޖްތަމައުގެ ޞިއްޚީ ކަންކަންބަލަހައްޓާނެ ހެލްތް އެކްޓެއް އެކުލަވާލައި، އެފަދަ ގަވާއިދެއްގެ ދަށުން ޞިއްޙީ ޚިދުމަތް ލިބިގަންނަމީހުން ރައްކާތެރިކުރުމާއި އެކު ޞިއްޚީ ޚިދުމަތް ދޭތަންތަން އަދި މީހުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑު ތަކެއް ގާނޫނާ ގަވައިދުތަކެއްގެ ސިފައިގައި ކަނޑައަޅައިގެން މެނުވީ ޒިއްމާދާރު ގޮތަކަށް ޞިއްޙީ ޚިދުމަތް ނުދެވޭނެއެވެ.
ބޭސް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު އަންނަން އޮތް ދުވަސް ތަކުގައި މަދުކުރެވޭނީ އެފަދަ ތަޞައްވުރެއްގެ މައްޗަށް ޞިއްޙީ ޚިދުމަތުގެ ކުރިމަގު ރާވައި ތަރައްޤީކުރުމާއެކު ޞިއްޙީ ޚިދުމަތް ތެރިން ވެސް އެފަދަ ފެންވަރަކަށް ތަމްރީނުކޮށްގެންނެވެ.
ދިވެހި ބޭސްވެރިކަން ދިރުވައި އާލާކުރުމަށްޓަކައި، ތައްޔާރު ކުރެވޭ ދިވެހިބޭސްތަކަކީ ރައްކާތެރި އެއްޗަކަށްވާން ޖެހެއެވެ. މިގޮތުން، ސައިންޓިފިކް ރިސާޗް ގެއެހީއާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދިވެހިބޭސްވެރިކަން ތަރައްގީ ކުރެވޭނެއެވެ.

 




އަޅުގަނޑުމެން  |  ސިޔާސަތުތައް  |  ފޯރަމް  |  ފޮޓޯމާލަން  |  ޕްރެސްރޫމް  |  ލިންކުތައް  |  ގުޅުއްވަވާ  |   © GaumeeItthihaad.org ކޮޕީރައިޓް