| ޕްރިންޓު ކުރޭ |
ބޯހިޔާވަހިކަމާބެހޭ ސިޔާސަތު
ް
ގެދޮރުގެ މައްސަލައަކީ ތަރައްވެފައި އަދި ތަރައްގީ ވަމުން އަންނަ ރަށްތަކުގައި އުޅޭމީހުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.
ކޮންމެ މީހަކަށްވެސް އެއީ އަމިއްލަ ތަނެއްގައި ކަމަށް ވިޔަސް އަދި ކުއްޔަށް ހިފައިގެންކަމުގައި ވިޔަސް ނުވަތަ ގަނެގެން ކަމުގައިވިޔަސް، އެކަށީގެންވާ ހިޔާވައްސެއްގައި ދިރިއުޅެވޭނެ ގޮތް ހޯދާ ދިނުމަކީ ސަރުކާރުގެ ޒިއްމާއެކެވެ. އަދި ފުދުންތެރިކަން ކުޑަ ޢާއިލާތަކަށް އެބަޔަކަށް ކެރިކުޅަދާނަ އަގެއްގައި ބޯހިޔާވަހިކަން ލިބޭނެގޮތްވެސް ހޯދާދޭންޖެހޭނެއެވެ. މިގޮތުން، އެންމެ އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ ސަރުކާރުން ކަމަށް ވުމުން، ސަރުކާރުން ނިކަމެތީންނަށް ކުޑަ ކުއްޔެއްގައި ނުވަތަ ކުޑަ އަގެއްގައި ގެދޮރު ލިބޭނެ އިންތިޒާމު ހަމަޖައްސާދޭން ޖެހޭނެއެވެ.
މީގެ އިތުރުން، އަމިއްލައަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި ގެދޮރު ޢިމާރާތްކުރާ ފަރާތްތަކަށް ދިގުމުއްދަތުގައި އަދާކުރާގޮތަށް އިންޓަރެސްޓު ކުޑަ ލޯނު ލިބޭނެ ގޮތްތައްވެސް ހަމަޖެހިފައި ހުނަންޖެހޭނެއެވެ.
މާލެ ފަދަ ނިސްބަތުން އާބާދި ބޮޑު ތަންތަނުގައި، ގެދޮރު ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ގަވައިދުތައް ހެދިފައި ހުންނަންޖެހެއެވެ.
ރަށްރަށުގައި ގެދޮރު ޢިމާރާތްކުރެވި އާބާދުކުރަންވާނީ ސިއްޙި ގޮތުންނާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުވާފަދަ އަދި އާބާދީތަކަށް ދަތުރު ފަތުރުގެ ވަސީލަތާއި ސްކޫލާއި ސިއްޙީ ޚިދުމަތާއި ފިހާރަތައް އަދި ފެހި ހުސްޖާގައާއި ކުޅޭނެ ތަން ލިބޭނެކަހަލަ ގޮތްގޮތަށެވެ.
މީހުން ދިރިއުޅޭ ތަންތަން ޢިމާރާތްކުރުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ބާރުއަޅުމަކީ ބުއްދިވެރިކަމެކެވެ. އަދި މީގެ އިތުރުން، އެތަނެއްގައި ދިރިއުޅޭ މީހުންގެ ދުއްވާ އެއްޗެތި ރައްކާކުރެވޭނެ ގޮތަށް އިމާރާތްކުރުންވެސް މުހިންމެވެ.