About US

ދީނީ ސިޔާސަތު

ް

ދިވެހިރާއްޖޭގައި އޮތީ ހަމައެކަނީ އިސްލާމް ދީނެވެ. ދިވެހީންގެ ސަޤާފަތާއި އަދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައިވަނީ އިސްލާމް ދީނުގެ އުޞޫލުތަކާއި ހަމަތަކުގެ މައްޗަށެވެ. ދިވެހިންގެ ދީނީ މެދުމިނުގެ އާދަކާދަ ގައުމީ އިއްތިހާދުން ދަމަހައްޓާނެއެވެ. އެ ގޮތުން، ދީން ފަތުރައި ދެމެހެއްޓުމުގައި މިސްކިތާއި، ދީނީ ޢިލްމުވެރިންނާއި ދީނީ އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފުޅާކުރެވޭނެއެވެ. ދީނީ ދެބަސްވުންތައް އުފެދޭފަދަ ކަންކަމުގައި މިނިވަންކަމާއެކު ފަތުވާ ދިނުމަށާޢި އެފަދަ މުހިންމު ދީނީ ކަންކަމުގެ މައްޗަސް ސަރުކާރުގެ ނުފޫޒު ކުޑަކުރުމަށްޓަކައި "ފަތުވާ ކައުންސިލް: އެއް އުފެއްދޭނެއެވެ. މިކަންކަމުގެ އިތުރުން،
އިތުބާރު ކުރެވޭ ބައިނަލްއަޤްވާމީ އިސްލާމީ މުއައްސަސާ ތަކާ ގުޅުން ބަދަހި ކޮށް ރާއްޖޭގައި ދީނީކަންކަން ކުރިޔަށް ގެންދިއުމުގައި އެ ދާއިރާތަކުން އެހީތެރިކަން ހޯދޭނެއެވެ.ް